ޕޯލެންޑް

ޕޮލެންޑް މާކެޓުގައި ރާއްޖެ އިސްތިހާރު ކުރަނީ

ދުނިޔޭގައި ޓުއާ އޮޕަރޭޓަރެއް ކަމުގައިވާ އިޓާކާއާ އެކު ޕޮލެންޑް މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމުގެ އެއްބަސްވުމެއް ގައި އެމްއެމްޕީއާރުސީ އިން ސޮއި ކޮށްފިއެވެ.

އެމްއެމްޕީއާރްސީން ބުނީ މި ކެންޕެއިންގެ މަގުސަދަކީ ޕޯލިޝް މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމެވެ.

އިޓާކާއިން ދުނިޔޭގެ 100 މަންޒިލަކަށް ހާއްސަ ޓުއާ ޕެކޭޖުތައް ޕޯލިޝް މާކެޓުގެ ކަސްޓަމަރުންނަށް ވިއްކައެވެ. ޕޯލިޝް މާކެޓުގައި 30 އިންސައްތަ ހިއްސާ ކުރަނީ އިޓާކާއިންނެވެ. އެމްއެމްޕީއާރްސީން ބުނީ އިޓާކާ އާއެކު ހިންގާ ކެމްޕެއިންގެ ސަބަބުން މި މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރު ވާނެ ކަމަށެވެ. އަދި މި ކެމްޕެއިންގެ ދަށުން ޑިޖިޓަލް އަދި އައުޓްޑޯ މާކެޓިންގެ ހަރަކާތްތައް ހިންގޭނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެ ކަމަށެވެ. އަދި ރާއްޖެ އަކީ ޕޮލެންޑް މާކެޓުގައި ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖޭގެ ރިސޯޓް ހޮޓެލް އަދި ގެސްޓް ހައުސް އަދި ލިވަބޯޑު ތަކާއި އެފަދަ ތަންތަނުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދި މަންޒިލްގެ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންސް މި ކެމްޕެއިންގެ ޒަރިއްޔާއިން ޕޮލެންޑްގެ މާކެޓްގައި ފަތުރުވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތް ތަކަށް އަންގައިދެވޭނެ ކަމަށް އެމްއެމްޕިއާރްސީން ބުނެއެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އެހީގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރަމުންދާ މަސަތްކަތުގައި އިއްޔެ ވަނި އިޓަލީގެ އެންމެ ބޮޑު 10 ޓުއާ އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ ސްޕޯޓިން ވަކާންޒޭ އާއި އެކު ވެސް އެއްބަސް ވުމުގައި ސޮއި ކޮށްފައެވެ.

އޭގެ އިތުރުން ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެމްއެމްޕީއާރުސީ އާއި ބީބީސީ ގްލޯބަލް ނިއުސް އާއި އެކުވެސް ވަނީ ސޮއި ކޮށްފައެވެ.