އެމްއެމްޕީއާރްސީ

ފްރާާންސްގައި ރާއްޖެ އިޝްތިހާރު ކުރަނީ

Jan 6, 2022

ފްރާާންސްގެ އެންމެ ބޮޑު ޓްރެވަލް އޭޖެންސީ "ކޯނީ ފްރާންސް" އާާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ކުރިއަަށް ގެންދާ މި ކެމްޕޭންގެ ދަށުން ރާއްޖެ އިޝްތިހާރު ކުރާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަަޔަކަށެވެ. މި ކެމްޕޭނުގައި ރާއްޖެއަކީ ފްރާންސް މާކެޓްގެ ފަތުރުވެރިން ދަތުރު ކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ..

ކޯނީ ފްރާންސްއިން ދުނިޔޭގެ 100 އަށްވުރެ ގިނަ މަންޒިލްތައް އިޝްތިހާރުކޮށް، އެ މަންޒިލްތަކުގެ ޕެކޭޖުތައް ވިއްކަ އެވެ.

މި ކެމްޕެއިންގައި ރާއްޖޭގެ މައުލޫމާތު ހިމެނޭ އިޝްތިހާރުތަކާއި، ފޮޓޯތައް ޝާއިއުކޮށް ފްރާންސްގެ އެކި ލޮކޭޝަންތަކުގައި އިޝްތިހާރުތައް ވެސް ޖަހާނެއެވެ.