ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިރާގު

ދިރާގުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދަން އެދިއްޖެ

ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓު އޮމްރިކޯން ފެތުރެމުންދަނީ ދިރާގުގެ ހިދުމަތްތައް ގޭގައި ތިބެގެން އޮންލައިންކޮށް ހޯދުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

ދިރާގުން ބުނީ ރާއްޖޭގައި ކޮވިޑްގެ ވޭރިއަންޓުތައް ފެތުރެމުންދާތީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގޭގައި ތިބެގެން އެ ކުންފުނީގެ ހިދުމަތްތައް ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދިރާގުގެ ހިދުމަތްތައް ގޭގައި ތިބެގެން ހޯދުމަށް ދިރާގު މޯބައިލް އެޕްލިކޭޝަންތައް ބޭނުން ކުރުމަށެވެ.

އެކައުންޓް އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ހިދުމަތައް އެޕްލައިކޮށް، އަދި ދިރާގުގެ އެކި ހިދުމަތްތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިން ކޮށް އެޕްލައި ކުރުން ފަދަ ގިނަ ހިދުމަތައް "މައިއެކުޕުން ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލް ދެއްކުމާއި އެޑް އޮންސް އަދި ބޫސްޓާސް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެ ކަމަށާއި މުޅިން އަލައް ދިރާގުގެ ހިދުމަތަކަށް އެދޭ ކަސްޓަމަރުން ދިރާގަށް އީމެއިލް ކުރުމުން ހިދުމަތް ލިބޭނެ ކަަމެށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުގެ "މައިއެކައުންޓް" ހިދުމަތައް ރެޖިސްޓާ ކޮށްފައިނުވާ ކަސްޓަމަރުން ލިންކްމެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެއްވެސް އިތުރު މައުލޫމާތެއް ބޭނުންނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖާ ވައިބާ ނުވަތަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކުރެ އެވެ.

އެ ކުންފުނިން ބުނީ ކޮވިޑްގެ ކޭސްތައް އިތުރު ވަމުން ދާތީ ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައްއަޅާ އެޗްޕީއޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުން ކަމަށެވެ.