ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބޫސްޓާ ޑޯޒް ޖަހަން ބޭނުންވާ މީހުންނަށް އާންމުކޮށް ހުޅުވާލައިފި

Jan 13, 2022
1

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބޫސްޓާ ޑޯޒް ޖެހުމަށް އާންމުކޮށް ހުޅުވާލައިފި އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަކަށް މިހާރު ބޫސްޓާ ޑޯޒް ޖެހޭނެ ކަމަށެވެ

ބޫސްޓާ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެއްދޭނެ އިންތިޒާމު ވެސް އެޗްޕީއޭ އިން ވަނީ ހަމަޖައްސާފަ އެވެ. ވެކްސިން ޖަހަން ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އެއްފަހަރާ ވީހާވެސް ގިނަ މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމަށްޓަކައި އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ މީހުން ހޯދުމަށްވެސް ހެލްތު މިނިސްޓްރީ މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ސަރުކާރުން ކުރިން ނިންމީ މިދިޔަ މަހުގެ މެދުތެރޭގައި މުޅި އާބާދީއަށް ބޫސްޓާ ޑޯޒް ޖަހަން ފަށާށެވެ. ނަމަވެސް ވެކްސިން ނުގެނެވުމާއި ވެކްސިން ގެނައުމަށް ފަހު ވެކްސިން ޖަހަން ބޭނުންކުރާ ސިރިންޖުތައް ނުލިބިގެން އެ މަސައްކަތް ފެށުން ލަސްވީ އެވެ.

ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 100،620 ޑޯޒް ހިލޭ ލިބިފައިވެ އެވެ. އެކަމަކު އާންމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ދިނުން ލަސްވީ އެކަމަށް ބޭނުންވާ ސިރިންޖާ ލިބުން ދަތިވުމުންނެވެ.

މިމަހުގެ 10 ދުވަހުގެ ނިޔަލަށް 28،085 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.