އަހުމަދު މުއުތަޝިމް އަދުނާން

ފަނޑިޔާރުން ނަޒާހަތްތެރިކަން ހިފެހެއްޓުމަށް އިލްތިމާސް ކުރައްވައިފި

Jan 13, 2022
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން. ފަނޑިޔާރުން ނަޒާހަތްތެރިކަން ހިފެހެއްޓުމަށް އިލްތިމާސް ކުރެއްވި -- ފޮޓޯ: އަވަސް
0%
0%
0%

ފަނޑިޔާރުންނަކީ ނަޒާހަތާތްތެރިކަން ގެއްލިފައިވާ ބައެއް ކަމަށް ބުނަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އިލްތިމާސް ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ބޭއްވި ޖުޑީޝަލް ކަރިކިއުލަމް ޓްރެއިނިން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ކޯޓުތައް ހިންގާ ގޮތާއި ކޯޓުތަކާ ރައްޔިތުންނާ އޮންނަ ގުޅުން އެމަނިކުފާނު ބެއްލެވި ކަމަށެވެ. ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި ފަނޑިޔާރުން ކޮންމެހެން ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަމަށް ސަމާލުކަން ނުދީ ބައެއް ކަންކަން ކުރެވިފައި ހުރިކަން ފާހަގަކުރެއްވުނު ކަމަށެވެ. އެގޮތަށް އަމަލުކުރެވޭނަމަ ރަނގަޅު ނަތީޖާއެއް ނެރެން ދަތިވާނެތީ ފަނޑިޔާރުން އަމަލުކުރަން ޖެހޭ ކަންކަމަށް ސަމާލުވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތުގައި އެންމެ ބޮޑު އިތުބާރެއް ހޯދަންވީ ރައްޔިތުންގެ ފަރާތުން. އެއީ އަދުލު އިންސާފު ލިބޭނެ ކަމުގެ އިތުބާރު. އެހެންވުމުން އެ އިތުބާރު ދަމަހައްޓަންޖެހޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށާއި ޝަރުއީ ދާއިރާ އަށް އޮންނަ އިތުބާރު ބޮޑު ކުރުމަށްޓަކައި ފަނޑިޔާރުންނާ ގުޅިފައިވާ އާއިލީ އަދި ވިޔަފާރީގެ މައްސަލަތަކުގައި ތަނާޒުލްވާން ޖެހޭނެ ކަމަށެވެ. އެކަން ކުރަންޖެހޭ ގޮތުގެ ގަވައިދެއް ވެސް އޮންނަކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލަތަކުން ތަނާޒުއުވާންޖެހޭ ހާލަތުގައި އެކަން ކުރަންވާނެ ކަމަށެވެ.

ފަނޑިޔާރުންނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ނަޒާހަތްތެރި ބަޔަކަން ވާތީވެ ފަނޑިޔާރުންނަށް އަމާޒުކޮށް ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ބުނެ ފާޑުކިޔަން ފުރުސަތު ލިބޭ ގޮތަށް އެއްވެސް ފަނޑިޔާރަކު އަމަލުތައް ނުބެހެއްޓުމަށް ވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވި އެެވެ.

ރާއްޖޭގެ ކޯޓުތަކުގައި މިދިޔަ އަހަރު 184 ފަނޑިޔާރުން ތިއްބެވިއިރު އޭގެ ތެރެއިން 164 ފަނޑިޔާރުންނަކީ ފިރިހެން ބޭފުޅުންނެވެ. މިދިޔަ އަހަރު 13 ފަނޑިޔާރަކު ރިޓަޔާ ކުރެއްވިއިރު އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910