ދިވެހި ބަހުގެ އެކެޑަމީ

ޅެންވެރިންގެ ދުވަސް އުތީމު އާދަމްބެއަށް ހާއްސަކުރަނީ

Jan 13, 2022
1

ޅެންވެރިންގެ ދުވަހުގެ ޖަލްސާ މަޝްހޫރު ޅެންވެރިޔާ އުތީމް އާދަމް އަބްދުއްރަހުމާން -- އުތީމު އާދަމްބެއަށް ހާއްސަކުރަން ނިންމައިފި އެވެ.

ދިވެހި ބަހުގެ އެކަޑަމީން ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 15 ދުވަހެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަން މިފަހުން ބާއްވާ ޖަލްސާތައް ބަހުގެ އެކަޑަމީން އަންނަނީ ފާހަގަކޮށްލެވޭ ޅެންވެރިންނަށް ހާއްސަކުރަމުންނެވެ.

އުތީމު އާދަމްބެ އަކީ ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 2004 ވަނަ އަހަރު ހާސިލުކުރެއްވި ބޭފުޅެކެވެ. އަދި 2016 ވަނަ އަހަރު އާދަމްބެ އަށް ވަނީ ޅެންވެރިކަމުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ހާސިލްކުރައްވާފަ އެވެ.

ދިވެހި ދައުލަތަށް 42 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އާދަމްބެ އަކީ 11 އަހަރު ވަންދެން ހއ. އަތޮޅުވެރިކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަން އާންމު ގޮތެއްގައި ޖަލްސާއެއް ބޭއްވި ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އާއި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މިއަހަރުގެ ޖަލްސާ ފަސްކުރަން ބަހުގެ އެކަޑަމީން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.