ފިނޭންސް މިނިސްޓްރީ

މަސައްކަތް ހުއްޓިފައިވާ ނުވަ ކުންފުންޏެއް އުވާލަނީ

Jan 18, 2022
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: މަސައްކަތް ހުއްޓިފައިވާ ކުންފުނިތައް އުވައިލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައި
0%
0%
0%

މަސައްކަތް ހުއްޓިފައިވާ ނުވަ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ވަނީ، އެ ކުންފުނިތަކުގެ މަސައްކަތް އެހެން ތަންތަނަށް ބަދަލު ކޮށްފައިވާ ނުވަ ކުންފުންޏެއްގެ ލިސްޓު އާންމު ކޮށްފަ އެވެ. އެ ލިސްޓުގައި ހިމެނެނީ 2016 ވަނަ އަހަރު އުވާލުމަށް ނިންމާފައިވާ ހަ ކުންފުންޏަކާއި، 2018 ވަނަ އަހަރު އުވާލުމަށް ނިންމި ކުންފުންޏެއްގެ އިތުރުން 2019 ވަނަ އަހަރު އުވާލުމަށް ނިންމާފައިވާ ދެ ކުންފުންޏެކެވެ.

އުވާލުމުގެ މަސައްކަތް ފަށައިފައިވާ ކުންފުނިތައް

  • މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއެންބީސީ)
  • ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  • ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  • މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ގޭން އެއާޕޯޓް ކޮޮމްޕެނީ ލިމިޓެޑް
  • ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
  • މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
  • ހަޒާނާ މޯލްޑިވްސް ލިމިޓެޑް
  • ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް

މި ލިސްޓުގެ އެންމެ ކުރީގައި އޮތީ ރައީސް މުހައްމަދު ނަޝީދު މީޑިއާ ހިންގުމަށް އުފެއްދި އެމްއެންބީސީ އެވެ. ނަޝީދުގެ ވެރިކަމުގައި ޓީވީއެމް ހިންގީ އެ ކުންފުނިންނެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް އާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް ލިމިޓެޑް އުފައްދައި އެ ދެ ރަށުގައި ހުރި މަސް ފެކްޓަރީތައް އެ ކުންފުނިތަކުގެ ދަށަށް ބަދަލުކުރި އެވެ. އެކަމަކު އެ ވެރިކަމަށް ފަހު އަނެއްކާވެސް އެ ދެ ތަން ހިންގި މިފްކޯއަށް ބަދަލުކުރީ އެވެ.

މި ކުންފުނިތައް އިވައިލި ނަމަވެސް ކުންފުނިތަކުގެ މަސައްކަތް އެހެން ތަންތަނަށް ބަދަލުކޮށްގެން އަންނަނީ ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345