ކާޑެއްދޫ އެއާޕޯޓް

ކައްދޫ އެއާޕޯޓް ތަރައްގީކުރަން ފައިނޭންސް ދޭނެ ބަޔަކު ހޯދަނީ

ކްރޮސް ސަބްސިޑީ އުސޫލުން ލ. ކައްދޫ އެއާޕޯޓް ބައިންލައަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކްސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަޝްރޫއެއް ހިންގުމަށް ފައިސާ ދޭ މަތިން ރަށެއް ނުވަތަ ފަޅެއް ދޭ އުސޫލުން ކައްދޫ އެއާޕޯޓު ބައިންލައަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި މަޝްރޫއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ފަސް މިލިއަން އެމެރިކާ ޑޮލަރެވެ.

ކައްދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މަދަނީ އެއާޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އައި ކައްދޫ އެއާޕޯޓް މިލިޓަރީ އެއާޕޯޓަކަށް ބަަދަލުކޮށް "އިސްކަންދަރު ވައިގެ ބަދަރު"ގެ ނަމުގައި އަލުން ހުޅުވީ މޭ 2016ގަ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ގިރާވަރުފަޅު ހިއްކައިގެން ރެޒިޑެންޝަލް ސިޓީއެއް ތަރައްގީ ކުރުމަށާއި ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށްވެސް ވަނީ ރައީސްގެ ގަރާރަކުން ކަނޑައަޅުއްވާފަ އެވެ.