މާޅެންދޫ

މާޅެންދޫގެ ފެނާއި ނަރުދަމާ ނިމެނީ

Jan 18, 2022
1

ނ. މާޅެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރަން އެމްޑަބްލިއުއެސްސީން ކުރިއަށްގެންދާ މަޝްރޫއުގެ 86 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފެން ޕްލާންޓް ބަހަޓަން އަޅާ އިމާރާތުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި އަދި ފެން ތާނގީ ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މާޅެންދޫގައި 72.8 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައި ވެސް ވަނީ ނިންމާފަ އެވެ.

އެ ރަށުގެ ނަރުދަމާ ނިޒާމްގެ މަސައްކަތްތަކުގައި 6.7 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލައި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ.

މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަގަކީ 43 މިލިއަން ރުފިޔާ އެވެ.