ހަބަރު

ބްރައިޓަން އަތުން ޗެލްސީއަށް މޮޅެއް ނުވެވުން

ޕްރިމިއާ ލީގުގައި ރޭ ޗެލްސީއަދި ބްރައިޓަން ވާދަ ކުރި މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެ އެވެ.

ރޭ ރާއްޖެ ގަޑިން މެންދަމު 1:00 ޖެހި އިރު ކުޅުން މި މެޗުން އެއްވަރު ވެގެން ނިމުމުން ކޯޗު ތޯމަސް ޓުހޫލް މެޗަށް ފަހު ދިން އިންޓަވިޔުގައި ބުނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ޗެލްސީގެ ކުޅުން ތެރިން ތިބީ ވަރަށް ބޮޑަށް ވަރު ބަލިވެފައި ކަމަށެވެ.

"ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިކޮށް ހުރިހާ ގޮތަކުން ވެސް. މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އަހަރެމެންގެ ކުޅުންތެރިން މިއަންނަނީ އެފްއޭކަޕް އަދި ކަރަބޯކަޕް އަދި ޗެންޕިއަންސް ލީގުގައި ވަރަށް ޓަފް މެޗުތަކެއް ކަޑަތު ކުރަމުން. ލީގަށް ފޯކަސް ކުރަން ޗެލްސީގެ ކުޅުންތެރިން ނަށް ރެސްޓް ކޮށްލަން ވަގުތު ލިބެން އެބަޖެހޭ. މޯޓިވޭޝަން ވެސް ވަރަށް ބޮޑަށް ގެއްލިއްޖެ މިހާރު. ގޭމަށް ފޯކަސް ކުރުވައިގެން ދަނޑު މަށްޗަށް ކުޅުން ތެރިން ނެރެވޭނީ ރެސްޓް ކުރަން ވަގުތު ލިބިގެން"

ރޭގެ މެޗުގެ ނަތީޖާ އާއެކު ޗެލްސީ ތިންވަނައިގައި އޮތީ ކުޅުނު 23 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލް ވަނީ 21 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 22 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޗެލްސީ އެވެ. މިލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހަކީމް ޒިޔެޗް އެވެ. މިލަނޑަށް ފަހު ވެސް ޗެލްސީން ވަނީ ގޯލު ޖަހާނެ ރަނގަލު ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެނަތީޖާގައި އޮވެގެންނެވެ.

ބްރައިޓަން އިން ނަތިޖާ ހަމަހަމަ ކުރީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑަމް ވެބްސްޓާ އެވެ.

ލީގުގައިން ދެން ޗެލްސީން ވާދަ ކުރާނީ މި މަހުގެ 23 ވަނަ ދުވަހު ޓޮޓެން ހަމް އާއެވެ.