އެކްސިޑެންޓް

އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ނުރައްކާތެރި އެކްސިޑެންޓެއްގައި 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އައްޑޫސިޓީ ހުޅުދޫ ސޯސަން، މުހައްމަދު ހައިކަލް އިސްމާއީލް އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހުޅުމާލެ އިން މާލެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް އޮފް ބެލްސްވެ ވެއްޓި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގީ ހިނގީ ރޭ 7:57 އެހާކަންހާއިރު އެވެ.

އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.