ދިގު ކިޔޫގައި އެތައް ގަޑިއިރަކު އެއްވެސް މީހަކު ހުންނާކަށް ބޭނުމެއް ނުވާނެ އެވެ. މިއީ ވަރަށް ވަރުބަލި އެހާމެ ފޫހި ކަމެކެވެ. އަދި ވަރަށް ކެތްތެރިކަން ބޭނުން ވާނެ ކަމެއް ވެސް މެއެވެ. ކެތްތެރިކަމެއް ނެތް މީހަކަށް މާ ގިނައިރު މިފަދަ ކިއުއެއްގައި މަޑެއް ނުކުރެވޭނެ އެވެ. ނަމަވެސް މިގޮތަށް ކިއުގައި ހުރެދޭނަމަ ގިނަ އަދަދެއްގެ ފައިސާ ދޭން ބުނެފިއްޔާ އެކަން ކޮށްދޭން ވަރަށް ގިނަ ބަޔަކު ތައްޔާރުވާނެކަން ޔަގީނެވެ.
އިނގިރޭސި ވިލާތުގެ ފްރެޑީ ބެކިޓް އަކީ އެ ފަދަ މީހެކެވެ. އޭނާއަކީ ޕްރޮފެޝަނަލް ކިއުއާ އެކެވެ. ނޫންނަމަ މަސައްކަތެއްގެ ގޮތުގައި ކިއު ގައި ހުރެދޭ މީހެކެވެ. ކިއުގައި ގިނައިރު މަޑުކުރަން ބޭނުންނުވާ މުއްސަނދިން ފްރެޑީ އަށް ފައިސާ ދީގެން ކިއުގައި ބަހައްޓަ އެވެ.
އެގޮތަށް ކިއުގައި ހުންނަ ކޮންމެ ގަޑިއަކަށް ފްރެޑީ 20 ޕައުންޑް ޗާޖް ކުރެ އެވެ. ފްރެޑީ ބުނާ ގޮތުގައި ކިއުގައި ގިނައިރު މަޑުކުރުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އެއީ ގުދުރަތީ ގޮތުން އޭނާއަށް ލިބިފައިވާ ހުނަރެކެވެ.
ކިއުގައި މަޑުކުރުމުގެ ވަޒީފާ ގިނައިން ލިބޭ ދުވަސް ދުވަހު ފްރެޑީއަށް 160 ޕައުން
މަޝްހޫރު އިވެންޓްތަކަށް ވަންނަން ބޭނުންވާ މުއްސަނދިން ކިއުގައި ބަހައްޓަނީ ފްރެޑީ އެވެ.
އޭނާ ބުނި ގޮތުގައި ބައެއް ފަހަރަށް ހަ ގަޑިއިރު ވެސް ކިއުގައި ހުންނަން ޖެހެ އެވެ. އަނެއްބައި ފަހަރު ތިން ގަޑިއިރު ހުރެގެން ފަރު ޖެހެ އެވެ.
ފްރެޑީގެ ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި ބިޒީކޮށް އުޅޭ ޒުވާން ކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ. އަދި ފިނި މޫސުމުގައި ފިނިކަމުން ގޮސް ގަނޑުވާ ވަރުގެ ފިނީގައި ވެސް ފްރެޑީއަށް ކިއޫގައި ހުންނަން ޖެހިފައި ވެއެވެ. ނަމަވެސް އެންމެ ބޮޑަށް ފްރެޑީ ބިޒީ ވަނީ ހޫނު މޫސުމުގަ އެވެ. ސަބަބަކީ މައުރަޒުތަކާއި އެނޫންވެސް އިވެންޓްތައް ގިނައިން ބާއްވަނީ އެ ދުވަސްވަރު ކަމަށް ވާތީ އެވެ.