ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މިއަދު ދެ މަރު

Jan 20, 2022

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ކޮވިޑް ޖެހިގެން މަރުވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ. އެއީ އުމުރުން 63 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ހެނދުނު 6:16 އިގަ އެވެ.

މިއަދު ދެން މަރުވެފައި ވަނީ ލ. ފޮނަދޫއަށް ނިސްބަތްވާ މީހެކެވެ. އެއީ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ދެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހެގެން މަރުވި މީހުން އަދަދު މިވަނީ 267 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއެންޓް އޮމިކްރޯން ފެތުރި، ބަލި ޖެހޭ މީހުންގެ އަދަދުތައް ވަނީ 2000 އިން މައްޗަށް އަރައިފަ އެވެ. އެގޮތުން އިއްޔެ 2137 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.