ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓް ރޭމްޕްގައި އެކްސިޑެންޓެއްވެ ދެ މީހަކަށް އަނިޔާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރޭމްްޕްގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ވީއައިއޭ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މީޑިއާ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ މިި އެކްސިޑެންޓް ހިންގީ މިއަދު މެންދުރު ކަމަށެވެ. އަދި އެ އެކްސިޑެންޓް ހިންގަން މެދުވެރުވީ އެމްއޭސީއެލްގެ ވެހިކަލެއް ރޭމްޕް މަތީގައި ދުއްވާފައި ދަނިކޮށް ހޮޅި ދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ވެހިކަލްގައި ތިބި ދެ މީހަކަށް އެކި ވަރުގެ އަނިޔާވި އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ. މީޑީއާ އޮފިޝަލު ވިދާޅުވީ އެކަން ބަލަމުން ގެންދާ ކަމަށެވެ.

ވީއައިއޭގައި އެކްސިޑެންޓެއްް ހިނގި އިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ މޯލްޑިވިއަންގެ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގި އެެވެ.