އެސްޓީއޯ

އޭސީސީއޭގެ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯ އަށް

Jan 21, 2022

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯ އަށް ލިބިއްޖެ އެވެ.

އެސްޓީއޯ އިން ބުނީ އޭސީސީއޭގެ ސްޓޭޓަސް އެކުންފުންޏަށް ލިބުނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލާއި ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޕްލެޓިނަމް ލެވެލްގައި ކަމަށެވެ.

އޭސީސީއޭ ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެންބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ ގބޫލުކުރާ އެމްޕްލޯޔާ ސްކީމް މުހިއްމު ދައުރެއް އަދާކުރެ އެވެ.

އޭސީސީއޭގެ ސްޓޭޓަސް ލިބުމަކީ އެސްޓީއޯގައި ވަޒީފާ އަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް ކުންފުނިން ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަގީންކޮށްދޭ ކަމެއް ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯ އަށް ލިބުމުން އެ ކުންފުނީގައި ވަޒީފާއަދާކުރާ އޭސީސީއޭ މެންބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕަމަންޓް (ސީޕީޑީ)ގެ ޝަރުތުތަކުގެ އިތުރުން ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޝަރުތުތަށް ފުރިހަމަ ވެގެންދާނެ އެވެ.

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، ދާދިފަހުން އެމްޓީސީސީއަށް ވެސް ލިބިފައިވެ އެވެ.