ކޮޕަޑެލްރޭއިން ބާސާ ކަޓައި ރެއާލްމެޑްރިޑް ކުއާޓާއަށް ދަތުރު ކޮށްފި އެވެ.
ސްޕެއިންގައި ބާއްވާ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ ކޮޕަޑެލްރޭއިން ބާސާ ކަޓައި ރެއާލްމެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ބާސެލޯނާ ބަލިވީ އެތްލެޓިކް ބިލްބާއޯ އާއި ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ. މި އަހަރުގެ ސްޕެނިޝް ސުޕަ ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް ބާސާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. މިއާއެކު ބާސެލޯނާއަށް ދެން އޮތީ ޔޫރޮޕާ ލީގުގެ އިތުރުން ސްޕެނިޝް ލީގެވެ. މިވަގުތު ސްޕެނިޝް ލީގުގައި ބާސާ އޮތީ އެއް ވަނައިގައިވާ ރެއާލް މެޑްރިޑާ ދެމެދު 17 ޕޮއިންޓްގެ ފަރަގަކާއެކު ޓޭބަލްގެ ހަ ވަނައިގަ އެވެ.
ކޮޕަޑެލްރޭގައި ރޭ ރެއާލް މެޑްރިޑުން އެލްޗޭ އާއި ވާދަކޮށް މެޗު ކާމިޔާބު ކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދީ 2-1 ގެ ނަތީޖާ އަކުން އެލްޗޭގެ މައްޗަށް ކުރި ހޯދައިގެނެވެ. ރެއާލް މެޑްރިޑް، މެޗް ކާމިޔާބު ކުރީ މެޗުގެ 90 މިނެޓް ހަމަވެގެން 15 މިނެޓުގެ ދެ ހާފު ކުޅެގެންނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ފުރަތަމަ ހާފުގައި ލަނޑު ޖަހައި ކުރި ހޯދީ އެލްޗޭ އިންނެވެ. މި ލަނޑު އެލްޗޭ އަށް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ވާޑޫއެވެ. އެއް ލަނޑުން އެލްޗޭ ކުރި ހޯދާފައި ވަނިކޮށް ރެއާލުން މެޗު ކާމިޔާބު ކުރީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ފަހަތުން އަރައި ދެ ލަނޑު ޖަހައިގެނެވެ. އެގޮތުން ރެއާލްގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ އިތުވގުތުގެ ދެ ވަނަ ހާފުގެ ތިން ވަނަ މިނެޓުގައި އިސްކޯއެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ރެއާލްއިން މެޗު ކާމިޔާބު ކުރި ގޯލު ކާމިޔާބު ކުރީ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑެވެ.
ރޭ ދެން ކޮޕަޑެލްރޭގައި ގަދަ 16 ގައި އެތްލެޓިކޯ މެޑްރިޑް އަދި ރެއާލް ސޮސެއިޑާޑް ވާދަކުރި މެޗުން ސޮސެއިޑާޑް ވަނީ އެތްލެޓިކޯ މެޑްރިޑް ގެ މައްޗަށް ކުރި ހޯދައި ކުއާޓާ ފައިނަލް އިން ޖާގަ ހޯދާފައެވެ.