ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

Jan 23, 2022

ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހަކު ރޭ މެންދަމު 3:00 ޖެހި އިރު މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 42 އަަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 270 ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެެވެ. އެގޮތުން މިފަހުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ އިއްޔެގަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް 2،349 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެ އަދަދާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 114،977 އަށް އަރާފަ އެވެ