ލައިފްސްޓައިލް

"ބީވީމާ" ގެ ޓީޒާ ފެބްރުއަރީއަށް

Jan 24, 2022

ޑާކްރެއިން އެންޓަޓޭންމެންޓްސްގެ ފިލްމް "ބީވީމާ" ގެ ފުރަތަމަ ޓީޒާ އަންނަ މަހު ދައްކާލަނާ އެވެ. ބީވީމާގެ ޓީޒާ ރިލީޒް ކުރާނީ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ.

އަހްމަދް ޒަރީރް ލިޔެ ޑައިރެކްޓް ކޮށްފައިވާ އޭނާގެ ފުރަތަމަ ފިލްމްް "ބީވީމާ" ޓީޒާ ނެރޭއިރު ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ނިންމާފަ އެވެ. ޕްރޮޑިއުސަރު މުހަންމަދު އަލީ (މޮގާ) ބުނި ގޮތުގައި މި ފިލްމަކީ ފިލްމީ ދާއިރާއަށް އާ ތަރިންތަކެއް ތައާރަފުވާ ވެގެންދާނެ ފިލްމެކެވެ. އަދި ލޯބީގެ މި ފިލްމަކީ މީހުން ގަޔާވާ ވަދަ ފިލްމަކަށް ވާނެ އެވެ.

"ބީވީމާ އަކީ މިހާތަނަށް އަޅުގަނޑުމެން އުފެއްދާ އެންމެ ތަފާތު އެއް ފިލްމު، އެއީ އަޅުގަނޑުމެން ފަހަކަށް އައިސް އުފައަދާ ފިލްމު ތަކާ ސީރީޒްތަކާއި ހާސް ބައި ތަފާތު ވަރަށް އިމޯޝަނަލް އަދި މިސްޓީރިއަސް ފިލްމެއް މީ، ހަމަ ގައިމު ވެސް މި ފިލްމު ވެގެން ދާނީ ރާއްޖޭގައި މިހާތަނަށް އަޅުވާ އެންމެ ރީތި އެއްފިލްމަށް." މޮގާ ބުންޏެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ އަޝްފާ ފިލްމީ ދާއިރާއަށް ތައާރަފު ކުރާ ފިލްމަކީ ވެސް މިއީ އެވެ.

މި ފިލމުގައި މަޝްހޫރު ތަރިން ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) ވެސް ފެންނާނެ އެވެ. އޭނާއާއެކު ދެން ހިމެނެނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ އަދި މޯލްޑިވިއަން އައިޑިލް އިން ވިދާލި އަމާން އާއި ޒަކިއްޓެގެ ކޮއްކޮ އާދަމް ޒިދާން (ނާނަ) އެވެ. އަދު "ހުވާ" ސީރީޒް އާއި ފިލްމް "ފޯޓީ ޕްލަސް" އިން މަގްބޫލު ކަން ހޯދި ހުނޫ ވެސް ހިމެނެ އެވެ.