މާލޭގެ ގެއެެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގެ ގެއެއްގެ ތެރެއިން މިއަދު ހެނދުނު 8:30 ގައި 49 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެ މީހާގެ މަރާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހިއްސާ ކުރެވެން ނެތް ކަމަށެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީހަކު މަރުވެފައި އޮއްވާ ފެނުނީ މ. ހިލްޓަންއިން ނެވެ. މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެކެވެ. އޭނާ އަކީ އެސްޓީއޯގެ އިސް މަގާމެއް އަދާކުރަމުން އައި މީހެކެވެ.