ރާއްޖެ ކުޅިވަރު

ވެލެންސިއާގެ ހެޑް ކޯޗަކަށް ފެސްކޯ

Jan 26, 2022
އަހްމަދު މުޖުތަބާ (ފެސްކޯ) ކޮޅަށް ހުރެގެން ޓީމަކަށް އިރުޝާދުދޭއިރު އިސްމާއީލް އާސިފް -- ކުޑަހީނާ (ކ)ގައި
0%
0%
0%

ވެލެންސިއާގެ ހެޑް ކޯޗަކަށް އަހްމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައިފި އެވެ.

ފެސްކޯ ވެލެންސިއާއާ ހަވާލުވެފައި މިވަނީ އެ ޓީމުގެ ހެޑް ކޯޗަކަށް އެންމެ ފަހުން ހުރި މުހައްމަދު އާތިފް އިސްތިއުފާ ދިނުމުންނެވެ.

އޭޝިއާގެ ގައުމުތަކުގައި އެންމެ މަތީ ލީގުތަކުގެ ގޮތުގައި ބަލައި މެޗުތަކުގައި އޭއެފްސީ ގަވައިދު ބުނާ ގޮތުން ހުރެވޭނީ އޭއެފްސީ އޭ ލައިސަންސް ހާސިލް ކޮށްފައިވާ ކޯޗަކަށެވެ.

ރ. އަލިފުށީގައި މިދިޔަ ހަފްތާ ކުރިއަށް ދިޔަ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ކަން ހޯދި މެޗުގައި ވެލެންސިއާ ނިކުތީ ހެޑް ކޯޗެއް ޓީމުގައި ނުހިމަނަ އެވެ. އެ މެޗުގައި ވެލެންސިއާ އަށް އިރުޝާދު ދިނީ އޭއެފްސީ ބީ ލައިސަންސް އޮތް އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ.

ފެސްކޯ ވަނީ މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ވެލެންސިއާގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން ވެލެންސިއާގައި ކޯޗެއްގެ ގޮތުގައި ފެސްކޯ ހުރީ
2017 ވަަނަ އަހަރު އެ ޓީމު އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވާދަކުރި އިރު އެވެ.

ވެލެންސިއާގެ ހެޑް ކޯޗު ކަމާ 2003 ވަނަ އަހަރު ފެސްކޯ އެންމެ ފުރަތަމަ ހަވާލުވެ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މިހާރުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) އަށް ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޒަންގައި ކުޅެން ފުރުސަތު ދީފައިވެ އެވެ.

އޭއެފްސީ އޭ ލައިސަންސް އޮތް ދިވެހި ކޯޗުންގެ ތެރޭގައި ހިމެނޭ މަދު ކޯޗުންގެ ތެރެއިން ފެސްކޯ އަކީ އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ. ފެސްކޯ މީގެކުރިން ވަނީ ފުރަތަމަ ޑިވިޒަންގައި ކުޅުނު ބައެއް އެހެން ޓީމު ތަކަށް ވެސް ހެޑް ކޯޗެއްގެ ގޮތުގައި އިރުޝާދު ދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910