ހަބަރު

މާޒިޔާ އާއި ވެލެންސިޔާ ފައިނަލަށް

ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް ފުޓުބޯޅާ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް 2022 ގެ ފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސް ކްލަބް އަދި ކްލަބް ވެލެންސިއާ ދަތުރު ކޮށްފި އެވެ.

ވެލެންސިޔާ މި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ޕްރެޒިޑެންޓްސް ކަޕްގެ އެއްވަނަ ޓީމުހެ ގޮތުގަ އެވެ. ރޭ މާޒިޔާއާއި ކުޅުނު މެޗުގެ ކުރިން ވެސް ވެލެންސިޔާއަށް ވަނީ ފައިނަލްގެ ޖާގަ ޔަގީން ވެފައެވެ. ވެލެންސިޔާ އަތުން 1-0 ގެ ނަތީޖާ އަކުން ބަލިވި ކަމުގައި ވިޔަސް އީގަލްސް އަތުން ގްރީން ސްޓްރީޓް 4-1 ގެ ނަތީޖާ އަކުން ބަލިވެފައި ވުމުން މާޒިޔާއަށް ވަނީ ފައިދާ ތިން ގޯލުގެ ތަފާތަކުން ފައިނަލުގެ ޖާގަ ޔަގީން ވެފައެވެ.

ގަލޮޅު ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ކުޅުނު މެޗް ވެލެންސިއާ އަދި މާޒިޔާ ވާދަކުރި މެޗުގައި ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު ވެލެނސިޔާއަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.

މެޗުގައި ދެ ޓީމުން ވެސް ކުޅެފައި ވަނީ ވަރަށް އެޓޭކިން ކުޅުމެކެވެ. ދެޓީމުން ވެސް ގޯލަށް ނުރައްކާކޮށް އެތައް ހަމަލާއެއް އުފެއްދި އެވެ.

މިއަހަރުވެސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅެން އެފްއޭއެމް އިން ނިނމާފައިވަނީ އަތޮޅުތަކުގެ ރަށެއްގައެވެ. މިފަހަރު ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު، ރ. އަލިފުށީފުށީގަ އެވެ.