މަރު

ހިރިމަރަދޫ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Jan 28, 2022

ހދ. ހިރިމަރަދޫގައި މީހަކު މަރުވެފައި އޮއްވާ ފެނިވެއްޖެ އެވެ.

ފުލުހުން ބުނީ އެރަށުގައި މަރުވެފައި އޮއްވާ ފެނުނީ 71 އަހަރުގެ އަންހެނެއް ކަމަށާއި އެ މީހާ ފެނިފައި ވަނީ ހިރިމަރަދޫ އަތިރިމަތީން ރާޅު ޖަހާ ފަށުގެ މޫދުތެރޭގައި އޮއްވާ އިއްޔެ މެންދުރު ފަހު 1:30 ގައި ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އެ މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތެވެ. ނަމަވެސް އެ މީހާގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.