ރައީސް އަބްދުﷲ ޔާމީން

މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

Jan 28, 2022
0%
0%
0%

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.

ގިނަ ބަޔަކު ބައިވެރިވި މި ބައްދަލުވުން މިރޭ ކުރިއަށް ގެންދިޔައީ ހެންވޭރު ލެވެންޑާ ރެސްޓޯރަންޓްގައި

މިބައްދަލުވުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ފަތުހީ އިންތިހާބު ކޮށްދިނުމަކީ މިވަގުތު ސަރުކާރުން ޒިންމާދާރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ފަތުހީ ހޮވައިދިނުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ވަނީ ފަތުހީ ކެމްޕޭންގައި އުޅެގެން ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފިނަމަ އެ މައުލޫމާތު ޕާޓީއާ ހިއްސާކުރުމަށްވެސް އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ އެ މުވައްޒަފެއްގެ ހައްގު ހޯދައިދިނުމަށް ގާނޫނީ ގޮތުން ކުރެވެން އޮތް ކޮންމެ ކަމެއް ކޮށްދޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އެފަދަ މީހުންގެ ވަޒީފާ އަލުން ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަތުހީ އަށް ތާއީދު ހޯދުމަށްޓަކައި މިރޭ ޕީޕީއެމުން ވަނީ ކޮމަންޑޫ ދާއިރާގައި ވެސް ޖަލްސާއެއް ބާއްވާފަ އެވެ. އެޖަލްސާގައި އިސްކޮށް ހުންނެވީ އިދިކޮޅު ޕީއެންސީގެ ރައީސް އަދި އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ފަތުހީގެ އިތުރުން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345