ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ކޮވިޑުން ރަނގަޅުވެއްޖެ

Jan 29, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޮވިޑް 19ގެ ބަލިން ރަނގަޅުވެއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ކޮވިޑުން ރަނގަޅުވުމާ ގުޅިގެން ދަތުރުކުރެއްވުމަށް ކަމާ ގުޅޭ އިދާރާތަކުން ހުއްދަ ދެއްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހް ކޮވިޑް ބަލިން ރަނގަޅުވުމާ ގުޅިގެން، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫއާ މާދަމާގެ ވަގުތެއްގައި ރައީސް ބައްދަލުކުރައްވާނެ އެވެ.

ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ މި މަހުގެ 22 ދުވަހު ށ. ކޮމަންޑޫ އަށް ދަތުރެއް ކުރެއްވުމަށް ނިންމަވާ މި މަހުގެ 21 ވަނަ ދުވަހުގޭ ރޭ ޕީސީއާރް ޓެސްޓް ހެއްދެވުމުންނެވެ.

ކޮވިޑަށް ފަރުވާ ހޯއްދެވިއިރު ހާލުކޮޅު އެހާ ގޯސް ނޫން ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ.

ރައީސް ސޯލިހް ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާ މިމަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ބޫސްޓާ ޑޯޒް ވެސް ޖައްސަވާފަ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވާ ރައީސް ކުރެއްވި ޓްވީޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ހެޔޮ އެދުމުގެ މެސެޖްތައް ފޮނުއްވި އެވެ.