ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް، މަރުގެ ނަންބަރު 275 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު އެ ބަލީގައި މަރުވެއްޖެ އެވެ.

މިއަދު ހެނދުނު 8:05 ގައި މަރުވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެކެވެ. އެއީ ނ. ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއީ ރާއްޖޭގެ 275 ވަނަ ކޮވިޑް މަރެވެ. އަދި މިއީ މި މަހުގެ 12 ވަނަ މަރެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދެހާހުން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ރާއްޖެއިން މިހާތަނަށް 133،000 ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 17،700 އެވެ.