އީވާ އަބްދުﷲ

އިސްލާހީ އެޖެންޑާއެއް ރައީސް ނެރުއްވާނެ ކަމަށް އުންމީދު ކުރަން: އީވާ

Dec 20, 2015
3

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، އިސްލާހީ އެޖެންޑާއެއް އާންމު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޔޫރަޕިއަން ޕާލަމެންޓުގެ ގަރާރަށް އިޝާރާތް ކުރައްވާ އީވާ ވިދާޅުވީ ރާއްޖެއަށް ޕްރެޝަރު ހުރިވަރު ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި މި ޕްރެޝަރުގައި އެމަނިކުފާނު އިސްލާހީ އެޖެންޑާއަކާއެކު ރޯޑް މެޕެއް ނެރުއްވާނެ ކަމަށް ގަބޫޅުފުޅު ކުރައްވާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ޖަލުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އޮތީ އެފަދަ އިސްލާހީ އެޖެންޑާއެއް ރައީސް ޔާމީނަށް ފުރިހަމަކޮށްދޭން ކުރަންޖެހޭ ކަންކަން އެކުގައި ކުރާ ގޮތަށް ކަމަށާއި ގައުމު އިސްލާހު ކުރަންކުރާ މަސައްކަތުގައި އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރާއްޖެ އޮތީ ރައީސް މައުމޫނުގެ ވެރިކަމުގެ ތެރޭގައި ގައުމު އޮތް ހިސާބުގައި ކަމަށާއި އެ ހާލަތުގައި ރައީސް މައުމޫން ވެސް އިސްލާހީ އެޖެންޑާއަކަށް ވަޑައިގެންނެވި ކަމަށެވެ. ރައީސް ޔާމީން ވެސް އެފަދަ ރޯޑް މެޕަކާއެކު ރައީސް ނަޝީދު މިނިވަން ކޮށްދެވަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ މިނިވަންކޮށް 2018 ވަނަ އަހަރުގެ އިންތިހާބު އިންސާފްވެރިކަމާއެކު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން މިނިވަން ވާންޖެހޭކަމަށެވެ.