ޕާކިސްތާން

ޕާކިސްތާންގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

Jan 31, 2022
1

ޕާކިސްތާންގެ ގައުމީ އެއާލައިން -- ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ޕީއައިއޭގެ ސީއީއޯ އަރުޝަދު މާލިކް ވަނީ ޕާކިސްތާނުގެ ނޫސްތަކަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ.

އަރުޝަދު ވިދާޅުވީ ޕީއައިއޭ އިން ރާއްޖެއާ އެކު އޮސްޓްރޭލިއާ އަދި ހޮންކޮންގަށް ވެސް ދަތުރުތައް ފަށާނެ އެވެ. ނަމަވެސް މިދަތުރުތައް ފަށާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން ތުރުކީގެ އިސްތަންބޫލާއި ތައިލެންޑްގެ ބެންކޮކަށް ވެސް ދަތުރުތައް ވެސް ފެށުމަށް ޕީއައިއޭ އިން ދަނީ ތައްޔާރުވަމުންނެވެ.

ޕާކިސްތާނަކީ ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމެއް ނޫނެވެ. ނަމަވެސް ބައެއް ދިވެހިން ޕާކިސްތާންގައި ކިޔަވަމުންދެ އެވެ. އަދި ވިޔަފާރީގެ ބޭނުންތަކަށް ވެސް ބައެއް ދިވެހިން ޕާކިސްތާނަށް ދަތުރުކުރެ އެވެ.

ރާއްޖެއިން މިވަގުތު ޕާކިސްތާނަށް ދަތުރުކުރަނީ ގަތަރުގެ ދޯހާ ނޫނީ ޔޫއޭއީގެ ދުބާއީ މަގުންނެވެ. އެކަމަކު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން މިހާރު ޕާކިސްތާނަށް ދިއުމަށް ކުރާ ދަތުުރުގެ ވަގުތު ވަރަށް ބޮޑަށް ކުރުވެގެންދާނެ އެވެ.