ބ. އަތޮޅު

ހުއްދަ ނެތި ފަޅުރަށްތަކަށް ނޭރުމަށް އަންގައިފި

Jan 31, 2022
2
ބ. އަތޮޅު ކައުންސިލްގެ ހުއްދަ ހޯދައިގެން ނޫނީ އެރުށް މަނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ބ. އޮޅުގިރި
0%
0%
0%

ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ރަށްތައް ކައުންސިލްގެ ހުއްދަ ނެތި ބޭނުންނުކުރަން އަންގައިފި އެވެ.

އެގޮތަށް އެންގީ އެކަމާ ގުޅޭ ނިންމުމެއް މިމަހުގެ 13 ވަނަ ދުވަހު އޮތް ބ. އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށް، ގެޒެޓްކޮށްފައިވާ އިއުލާނެއްގަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ފަޅުތަކަށް ބައެއް ފަރާތްތަކުން ހުއްދަ ނެތި އަރަމުންދާ ކަމަށް ފާހަގަކުރެވޭތީ އެގޮތަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އެދޭ ކަމަށެވެ.

"ރަށްރަށަށް އަރަން ބޭނުންވާ ފަރާތްތަކުން އަރާ ބޭނުން ބަޔާންކޮށް ހުއްދައަށް އެދި މި އިދާރާއަށް ލިޔުއްވައި، ލިޔުމުން ހުއްދަ ހޯއްދެވުމަށްފަހު އެރުއްވުމަށް ދަންނަވަމެވެ،" އިއުލާންގައިވެ އެވެ.

ބ. އަތޮޅު ކައުންސިލްގެ ހުއްދަ ހޯދައިގެން ނޫނީ އެރުން މަނާ ތަންތަނުގެ ލިސްޓްގައި ފަޅުތަކާއި ފަޅުރަށްތައް ހިމެނޭ ގޮތަށް ޖުމްލަ 12 ތަނެއް ހިމެނެ އެވެ.

ބ. އަތޮޅަކީ ގިނަ ރަށްތަކެއް ހިމެނޭ އަތޮޅަކަށްވީ ނަމަވެސް އެ އަތޮޅުގެ ގިނަ ފަޅު ރަށްތަކުގައި މިހާރު ވަނީ ރިސޯޓް ހަދާފަ އެވެ. އެހެންކަމުން ބ. އަތޮޅުގައި ބާކީ ހުރި ފަޅު ރަށްތަކުގައި، ރިސޯޓު ހެދުމަށް އެ ރަށްތައް ކުއްޔަށް ދޫނުކުރުމަށްވެސް ދާދި ފަހުން ބ. އަތޮޅު ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910