ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

Feb 1, 2022

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ކޮވިޑް ޖެހިގެން މަރުވެފައިވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި އެމީހާ މަރުވީ މިއަދު ފަތިހު 6:51 ހާއިރު އެވެ.

މިމަރާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 277 އަށް އަރާފަ އެވެ. މިއީ މި މަހުގެ 14 ވަނަ މަރެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އިއްޔެ 2754 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.