ފެނަކަ ކޯޕްރޭޝަން

ފެނަކައިން މިނިމަމް ވޭޖާ އެއްގޮތަށް މުސާރަ ދީފި

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖަށް ފެނަކަ ކޯޕަރޭޝަނުން އަމަލު ކުރަން ފަށައިފި އެވެ.

މިނިވަން ވޭޖުގެ ގޮތުގައި ދޭނެ އަދަދުތައް އިއުލާން ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. މިނިމަމް ވޭޖްގައިވާ ގޮތުގައި ކުދި ވިޔަފާރިތަކަށް، މަހަކު 4500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000 ރުފިޔާ ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000 ރުފިޔާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަހަކު 7000 ރުފިޔާގެ މުސާރައެއް އެންމެ ކުޑަވެގެން ދޭން ޖެހޭނެ އެވެ.

މިނިމަމް ވޭޖާ އެއްގޮތަށް އަމަލު ކުރަން ފަށަން ޖެހެނީ މި އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

މިނިމަމް ވޭޖާ އެކު ފެނަކައިގެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުވެފައިވާތީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށް ފެނަކައިގެ ބައެއް މުވައްޒަފުން ގެންދަނީ ސަރުކާރަށާއި ފެނަކައިގެ އިސްވެރިންނަށް ޝުކުރު އަދާކުރަމުންނެވެ.

މިނިމަމް ވޭޖު ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދެވެ.