ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ޓީމު ގޭގެއަށް

Feb 1, 2022

އެނދުމަތިވެފައިވާ މީހުންނަށް ކޮވިޑް ވެކްސިން ދޭން ހެލްތް މިނިސްޓްރީގެ ވެކްސިން ޓީމުތައް ގޭގެއަށް ދާން ފަށައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ގޭގެއަށް ގޮސް އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ދޭން މިއަދު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަނީ ދަމަނަވެށީގެ ވެކްސިން ޓީމުތަކުންނެވެ.

ހެލްތް މިނިސްޓްރީން ވަނީ ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ހޮޓްލައިން 1976 އަށް ގުޅަ ނަން ނޯޓް ކުރުމަށް އެދިފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 397،615 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 3689،820 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.

މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 70،825 މީހުންނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.