ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ކޮވިޑް ވެކްސިން ރައްކާކުރަން ތަނެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ކޮވިޑް-19ގެ ވެކްސިން ރައްކާކުރުމަށްޓަކައި ހުޅުމާލޭގައި "ކޯލްޑް ޗެއިން ފެސިލިޓީ"އެއް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

މި ފެސިލިޓީ އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީއާއިއެކު ހުޅުމާލޭގައި އަޅާ ފެސިލިޓީ އެކެވެ.

ފެސިލިޓީ އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިމާވެއްޓާ ރަހުމަތްތެރި ތަނެއްގެ ގޮތުގައި މި ފެސިލިޓީ ތަރައްގީކުރުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ.

ހަ ފަންގިފިލާ ހިމެނޭ ގޮތަށް ހަދާ މި އިމާރާތުގެ ބޮޑުމިނުގައި 4،000 އަކަފޫޓު ހުންނާނެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އޭޑީބީގެ ފަރާތުން ވަނީ ދިވެހި ސަރުކާރަށް 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ.

ދިވެހިރާއްޖެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވީ އޭޕްރީލް 15، 2020 ގައެވެ.

ކޮވިޑް 19 އިން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފެށީ ފެބްރުއަރީ 1، 2021ގައެވެ.