ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭސިއަން ޑިވެލޮޕްމެންޓް ބޭންކް

ކޮވިޑް ވެކްސިން ޕްރޮގްރާމަށް އޭޑީބީން 10 މިލިއަން ޑޮލަރުގެ އެހީއެއް

Sep 21, 2022

ކޮވިޑް 19ގެ ވެކްސިން ޕްރޮގްރާމު އިތުރަށް ހަރުދަނާކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ދިނުމަށް ނިންމައިފި އެވެ.

މި އެހީގެ ދަށުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދިނުމަށާއި ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ވެކްސިން ހޯދޭނެ އެވެ.

ކޮވިޑް ވެކްސިން ރައްކާކުރުމަށް ކޯލްޑު ސްޓޯރޭޖުތައް ހެދުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހިންގާ ސެންޓްރަލް ސްޓޯރޭޖް ފެސިލިޓީއެއް ހެދުމާއި، ވެކްސިން ޑެލިވަރީ ކުރުމާއި މޮނިޓަރިންގެ މަސައްކަތްތައް ހަރުދަނާކުރުން ވެސް ހިމެނެ އެވެ. އެގޮތުން އޭޑީބީގެ އެހީގައި ހަތް ލޯންޗާއި ދެ ވޭން އާއި ދެ ރެފްރިޖެރޭޓަރު ލޮރީ ހޯދުން ވެސް ހިމެނެ އެވެ.

އޭޑީބީން ވަނީ ރާއްޖޭގެ ކޮވިޑް 19ގެ ވެކްސިން ޕްރޮގްރާމު މިހާރުވެސް ކުރިއަށްދާ ގޮތް ރަގަޅުކަން ފާހަގަކޮށްފަ އެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށްޓަކައި އޭޑީބީ އިން މީގެކުރިން ވެސް ވަނީ ރާއްޖެއަށް 50 މިލިއަން ޑޮލަރު ނުވަތަ 771 މިލިއަން ރުފިޔާގެ އެހީ ދީފަ އެވެ. މީގެ އިތުރުން ފަންނީ އެހީގެ ގޮތުގައިވެސް އޭޑީބީން ރާއްޖެއަށް އެހީތަކެއް ދީފައިވެ އެވެ.