އައްޑޫ ސިޓީ ފޭދޫ ޗަސްބިންތައް ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ފޭދޫ ޗަސްބިންތައް ހިއްކުމުގެ މަސައްކަތް ފަށައިދިނީ އެ ސިޓީގެ މޭޔަރު އަލި ނިޒާރާއި އެ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ފޭދޫގައި އޮތް 14 ޗަސް ބިމެއް ހިއްކާނެ އެވެ. އެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ބިންތަކަށް ވެލި އަޅާ ހިއްކާނެ އެވެ. މިއީ ހަތަރު މިލިއަން ރުފިޔާގެ މަސައްކަތެކެވެ.