އިމްރާން އަބްދުﷲ

އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދަން އިމްރާން ނުކުންނަވައިފި

Feb 2, 2022
8
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، މަރޮށި އެމްޑީޕީގެ ކެމްޕެއިން ޓީމާ ބައްދަލު ކުރައްވަނީ
42.9%
14.3%
42.9%

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދައިދޭން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަސައްކަތް ފައްޓަވައިފި އެވެ.

އިމްރާން ވަނީ އެމްޑީޕީގެ މަރޮށި ކެމްޕޭން ޓީމާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލްވުމުގެ ތަފްސީލު އަދާލަތާއި އެމްޑީޕީން ވެސް ދީފައެއް ނުވެއެވެ. އެ ބައްދަލްވުމުގައި އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ބައިވެރިވެވަޑައިގަތެވެ. އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ނާއިބު މުހައްމަދު ޝިފާޒް އާއި މެންބަރު އަލީ ނިޔާޒު ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ކުރުމަށް ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތުން ނިންމީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

އެ ގޮތަށް ނިންމި ސަބަބުތައް ވެސް އެ ޕާޓީން ވަނީ ސާފު ކޮށްދީފައެވެ. އެގޮތުން 2008 ވަނަ އަހަރު ފާސް ކުރި ގާނޫނު އަސާސީގެ ހަޔާތުގައި މިހާތަނަށް އުފެދުނު ސަރުކާރުތަކަށް ބަލާއިރު މި ސަރުކާރުގައި އަމާން ސުލްހަވެރި މުޖްތަމައެއް ގާއިމްކޮށް ސިޔާސީ ހަލަބޮލިކަން ކުޑަކޮށް ކޮވިޑް-19 އިގެ ވަބާއާއެކު މެދުވެރިވި އިގްތިސޯދީ ދަތިތަކާއެކު ވެސް ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް ގިނަ ޕާޓީއެކުލެވޭ ކޯލިޝަން ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގަވާ ކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސް ސޯލިހްގެ އަރިހުގައި އަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި މިއަދާ ހަމަޔަށް އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށާ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް އަމާން ވެއްޓެއް ކަށަވަރު ކުރުމަށް ހަރުދަނާ މަސައްކަތް ތަކެއް ކުރެވި މުޖްތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް މިހާތަނަށް ދައުލަތުގެ ފަރާތުން ދުވަހަކުވެސް މަސައްކަތް ނުކުރާ މިންވަރަށް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިކޫ/ޏ

ޝެއިހެއްގެ ނަމުގައި އަދުއްވެއް!

ޖުއްބާ

ނިކަން ބަލާލަ ދުނިޔޭގެ އަރާމަށާ ފައިސާއައް ޝޭހަކު ހެއްލި ގެއްލިފަހުރި ވަރު. އިބިލީސް

ޑރ. ރާމީ ޙަސަން މަނިކު މ.ވައިޖެހޭގެ

ދެ މީހުންނާއި-ފަޅި ހަމަ ނުވާ ޕާޓީ އަކުން އިމްރާން ނުކުމެ، ރާޝިދު ހޮވާށޭ ބުނީމާ، ޕީ.ޕީ.އެމް ގެ މީހުންނަށް ވާނީ ރާޝިދު އާއި އިދިކޮޅަށް އިމްރާން ނުކުތީ ކަމަށް.

ތަރި

ތިޔަ ހުރިހާ ވާހަކައަކާ އެކުވެސް އެމްޑީޕީއަށް ޕާލަމެންޓުން އިތުރު ގޮނޑިއެއް ހޯދަދޭން އަދާލަތު ޕާޓީން މަސައްކަތްކުރަން ޖެހޭ ސަބަބެއް ނެތް. ހުރި ސަބަބުތަކަކީ ޑިމޮކްރެސީ ރާއްޖޭގައި އޮތް ހާލަތު ދެން ސޮޔާސީ އަޚްލާގެއް ޕާޓީތަކުގައި ނެތުމާ ރައްޔިތުންނަށް ޑިމޮކްރެސީއާ ގައމިވަންތަވުން ވިސްނިފައިނެތުން.

އިބްރާހީމް

ވިއްޔާ ވާނީ ވޯތެއް މަދު

ޖާނު

ގައްދާރުން ފެނޭދޯ. ކެނެރީގޭ ނަސީދަށްވުރެން ސޭކް އިމްރާނުގެ ނުބައިކަން ބޮޑެ.

ފަތިސް ދަން

ސާބަހޭ ސާބަހޭ ގައުމައިގެން ގައުމީ ރޫޙިގައި ކިރިޔަށް ގޮސް ނިންމާލާ ވަގުން ހަތާހަދަން ދެވަނަ ފިރުޞަތެއް ނުދީ ނިންމާލާ ގައުމު ވައްޓާލި އަޑި ގަނޑުން އަރައި ނުގަނެވި އުޅެނިކޮށް މުށްބާރުކޮށް ގެން ހުރެ ގޮނޑި ނަގަން ވަގުކަލޭގެ ދުއްވައިގަތަސް ތި ބޭފުޅުން ނުސިހޭނެ

ޒީނާ

މިތިބީ ފައްކާ މުނާފިގުން. މަގާމުގެ ދަހިވެތިކަމުގައި ދައްކާ ކެހިވެރި ވާހަކަ. ހިތާމައިގެ ކޮޅެއްނެތް. މިއަނިޔާވެރި ލާދީނީ ސަރުކާރުގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345