މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދެ ސްކޫލެއްގެ ކުލާސް ރޫމް އަޅަން ހަވާލުކޮށްފި

Feb 2, 2022
ހުޅުދުއްފާރާއި އުލިގަމު ސްކޫލުގައި ކުލާސްތަކެއް އަޅަން މައިކްރޯންއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: އެޑިޔުކޭޝަން
0%
0%
0%

ރ. ހުޅުދުއްފާރާއި ހއ. އުލިގަމު ސްކޫލްގައި ކްލާސް ރޫމްތަކެއް އަޅަން ބަޔަކާ ހަވާލު ކޮށްފި އެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން ކުރިއަށް ގެންދާ މި ދެ މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި މައިކްރޯންގެ ސީއީއޯ މުހައްމަދު ނައިހް ނަޖޫބެވެ.

ހުޅުދުއްފާރާއި އުލިގަމު ސްކޫލުގައި ކުލާސްތަކެއް އަޅަން މައިކްރޯންއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޑިޔުކޭޝަން

އުލިގަމު ސްކޫލުގައި އަށް ކްލާސްރޫމާއި ސައިންސް ލެބަކާއި ސްކޫލްގެ ވަށާފާރު އަދި އޭވީ ރޫމް އިމާރާތުގެ މަސައްކަތް ކުރާނެ އެވެ. މިމަސައްކަތް 12.5 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހުޅުދުއްފާރު ސްކޫލުގައި 12 ކްލާސްރޫމް ހިމެނޭ 3 ބުރީގެ އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ 15.7 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް ވެސް 365 ދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރަންޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910