ލ. އަތޮޅު

ލ. އަތޮޅު ސްކޫލްތަކަށް އަތޮޅު ކައުންސިލުން މާލީ އެހީ ދެނީ

ލ. އަތޮޅު ސްކޫލްތަކަށް އެހީ ދިނުމަށް އެ ފުރުސަތަށް ކުރިމަތިލުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލައިފި އެވެ.

ލ. އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި މިއީ އެ އަތޮޅު ސްކޫލްތަކުން ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށާއި ސްކޫލްތަކުގައި ވަސީލަތްތައް ފުރިހަމަކުރަން ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވުމަށް ފޯރުކޮށްދޭ މާލީ އެހީއެއް ކަމަށެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުހެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
.
އިއުލާންގައިވާ ގޮތުން މާލީ އެހީއަށް އެދެވޭނީ އެ ސްކޫލެއް ނިސްބަތްވާ ރަށެއްގެ ކައުންސިލްގެ އެންޑޯސްމަންޓާ އެކީގައި ހުށަހަޅާ ޕްރޮޕޯސަލްތަކަށެވެ.

ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ އަކީ ކުރިން ބައެއް ސްކޫލުތަކުގައި ޕްރިންސިޕަލްކަން ކުރައްވާފައިވާ ބޭފުޅެކެވެ.