އެސްޓީއޯ

އެސްޓީއޯ އަށް ޑިޖިޓަލް ބޭންކް ހަދަން ހުއްދަ ނުދޭން ނިންމައިފި

Feb 2, 2022

ޑިޖިޓަލް ބޭންކް ހަދަން މަރުކަޒީ ބޭންކަށް ހުއްދަ އަށް އެސްޓީއޯއިން ހުށަހެޅި ޕްރޮޕޯސަލް އިވޭލުއޭޓް ކުރުމަށްފަހު، ހުއްދަ ނުދޭން ނިންމައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުން ޑިޖިޓަލް ބޭންކު ހަދަން ހުއްދަ އަށް އެދި އެސްޓީއޯ އިން ލާފައިވާ ޕްރޮޕޯސަލަށް މަރުކަޒީ ބޭންކުން ޖަވާބު ދިނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އެމްއެމްއޭ އިން ވަނީ އިވެލުއޭޝަނަށްފަހު ހުއްދަ ނުދޭން ނިންމާފަ އެވެ. ނަމަވެސް ހުއްދަ ނުދޭން ނިންމި ސަބަބެއް އެމްއެމްއޭ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ. މިގޮތަށް ނިންމީ އެމްއެމްއޭގެ ބޯޑުންނެވެ.

އެމްއެމްއޭއިން ހުއްދަ ނުދޭން ނިންމާފައި ވަނިކޮށް ރޭ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވަނީ ބޭންކް އަށް ކިޔަނީ ""އިވޯލްވް" ކަމަށް ވިދާޅުވެފަ އެވެ.

އަމްރު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކަކުން ޑިޖިޓަލް ބޭންކިންގެ ހިދުމަތުގެ ތެރެއަށް ވަންނަމުންދާއިރު އެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން ވެސް ބޭނުންވާ ކަމަށެވެ. ބޭންކް ހިންގަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަރަށް އަވަހަށް ހުއްދަ ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އެސްޓީއޯ އަކީ ރާއްޖެއަށް ތެލާއި ބޭސް އެތެރެ ކުރާ މައި ކުންފުންޏެވެ. މި ކުންފުންޏަކީ ސަރުކާރުގެ އިތުރުން އާއްމު ހިއްސާދާރުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ.