ކޮލި އަލި މަނިކު

ކޮލި އަލި މަނިކުގެ ޖަނާޒާގައި ރައީސްގެ މަންދޫބަކަށް އުމަރު

ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލީ އުމަރު މަނިކުގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންދޫބެއްގެ ގޮތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވުމަށް ހަމަޖެހިއްޖެ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު، ކޮލި އަލި މަނިކުގެ ޖަނާޒާގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެލައްވާނެކަން ހާމަކޮށްފައިވަނީ ރައީސްގެ ތަޖުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައެވެ.

އަލީ އުމަރު މަނިކު އަވާހަރަވެފައިވަނީ ރޭގެ ވަގުތެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

އަލީ އުމަރު މަނިކު އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައި ގައުމީ ދިދަ ވަނީ ބައި ދަނޑިއަށް ތިރި ކުރައްވާފަ އެވެ.

އަލީ އުމަރު މަނިކަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް ހިދްމަތްތަކެއް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމު ފުރުއްވާފަ އެވެ.