ކޮވިޑް-19 ބަލީގައި އިތުުރު މީހަކު މަރުވެއްޖެ އެވެ.
ކޮވިޑްގައި މިއަދު މީހަކު މަރުވީ ޅ. ނައިފަރުންނެވެ. މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިިރިހެނެކެވެ. އެ މީހާ މަރުވީ މެންދުުރު 1:37 ގައެވެ.
މިއީ މި އަހަރުގެ 15 ވަނަ ކޮވިޑް މަރެވެ. އަދި ރާއްޖޭގެ 279 ވަނަ ކޮވިޑް މަރެވެ.