ވިޔަފާރި

ހޮޓާތައް ތަމްސީލް ކުރަން އެންއެޗްއޭޖީއޭއެމް އުފައްދައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ހޮޓާ: ހޮޓާތައް ތަމްސީލް ކުރެވޭ ގޮތަށް ގޭމްގެ ނަން ވަނީ ބަދަލުކޮށްފަ -- އަވަސް ފޮޓޯ
0%
0%
0%

ކުރިން ހަމައެކަނި ގެސްޓްހައުސްތައް ތަމްސީލް ކުރަން އުފެއްދި ޖަމިއްޔާ ގޭމް އިން ހޮޓާތައް ތަމްސީލް ކުރެވޭ ގޮތަށް ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްއޭޖީއޭއެމް) އުފައްދައިފި އެވެ.

ކުރިން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ނަމުގައި ހަމައެކަނި ގެސްޓްހައުސްތައް ތަމްސީލް ކުރަމުން ގެންދިޔަ ޖަމިއްޔާގެ ނަން އެންއެޗްއޭޖީއޭއެމް ބަދަލު ކުރުމާ ބެހޭ ގޮތުން ގޭމްގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ ގައުމީ އެސޯސިއޭޝަނެއްގެ ގޮތުގައި އެންއެޗްޖީއޭއެމް އުފެއްދުމާ ގުޅިގެން ހޮޓާތައް ތަމްސީލް ކުރަން ފުރުސަތު ފަހި ވެގެންދާނެ ކަމަށެވެ.

"ކުރިން ހޮޓާތައް ތަމްސީލްކޮށް ވަކާލާތު ކުރާނެ ފަރާތެއް ނޯވެ. ނަމަވެސް ދެން އެކަން ކުރާނީ އެންއެޗްއޭޖީއޭއެމް އިން،" ކ. މާފުށީގައި 100 އެނދުގެ ހިންގާ ކާނި ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.

އެންއެޗްޖީއޭއެމް އުފެއްދިއިރު ސަރުކާރުން ދަނީ ރާއްޖޭގެ ގެސްޓްހައުސްތައް ކްލެސިފައި ކުރަން މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތް ނިމުމާއެކު ވަކި ވަރަކަށް ވުރެ ގިނައިން އެނދު ހުންނަ ތަންތަން އެއީ ހޮޓާތައް ކަމުގައި ޓޫރިޒަމް މިނިސްްޓްރީން ނިންމާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910