ފޯކައިދޫ

ފޯކައިދޫގައި ހަމަނުޖެހުމެއް

Feb 4, 2022
2

މާދަމާ އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްގެ ކަންކަމުގައި ހަރަކާތްތެރިވާން ފޯކައިދޫއަށް ގޮސް ތިބި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން އެމްޑީޕީގެ ބަޔަކާ ބައްދަލު ކުރި ކަމަށް ބުނެ މައްސަލަ ހޫނުވެއްޖެ އެވެ.

ފޯކައިދޫއަށް ދިޔަ އިލެކްޝަންސްގެ އޮފިޝަލުން ތިބީ އެ ރަށު ސަންސެޓް ގެސްޓް ހައުސްގައެވެ. އެއީ އެމްޑީޕީގެ ކެމްޕެއިނަށް ބޭނުން ކުރަމުން އައި ތަނެއް ކަމަަށް ވެއެވެ.

އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން އެ ގެސްޓް ހައުސް ކައިރިއަށް އެއްވީ އެމްޑީޕީގެ އިސް ބޭފުޅުންނާއި އިލެކްޝަންސްގެ އޮފިޝަލުން ބައްދަލުކުރާ ކަމަށް ބުނެއެވެ. އެކަމާ ގުޅިގެން ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ވަނީ ބަހުގެ ހަމަލާ ބަދަލުކޮށްފައެވެ. އެކަމާއި ގުޅިގެން ރަށުގެ ހާލަތު ވަނީ ގޯސްވެފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އޮފިޝަލުންނާމެދު ހުރި ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ.