އިލެކްޝަންސް ކޮމިޝަން

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވޯޓު ލައްވައިފި

Feb 5, 2022
ކޮމަންޑޫ ދާއިރާގެ ބައި-އލެކްޝަންގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން މިއަދު ވޯޓު ލައްވަނީ
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ތިން ކެނޑިޑޭޓުން ވޯޓުލައްވަފި އެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ރާޝިދު ވޯޓު ލެއްވީ އޭނާގެ އުފަން ރަށް ފޯކައިދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށެވެ. ފަތުހީ ވެސް ވޯޓު ލެއްވީ އޭނާގެ އުފަން ރަށް ކޮމަންޑޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަކަށެވެ. ކޮމަންޑޫ އަށް އުފަން ހަންނާން ވޯޓު ލެއްވީ އިސްކަންދަރު ސްކޫލުގައި ހުރި ވޯޓު ފޮށްޓަކަށެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،309 މީހުން ވޯޓުލުމަށް ހަތް ވޯޓް ފޮށްޓެއް ބަހައްޓާފައިވެ އެވެ. އެއީ ފޯކައިދޫގައި ދެ ވޯޓް ފޮށި ކޮމަންޑޫގައި ދެ ވޯޓް ފޮށި އަދި މަރޮށީގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ އިތުރުން މާލޭގައި އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ދެ ވޯޓް ފޮށްޓެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވަނީ ހަވީރު 4:00 ޖެހުމާ އަށެވެ. ވޯޓުގެ ފަހު ގަޑިއިރު ހާއްސަކޮށްފައިވަނީ ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނަށެވެ. އެހެންވެ ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ނުދާ މީހުން މެންދުރުފަހު 3:00ގެ ކުރިން ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ އިލްތިމާސް ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345