ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 80 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާ މަރުވީ މިއަދު 3:36 ގައެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް މީހެކެވެ.

މިއީ ރާއްޖޭގެ 281 ވަނަ ކޮވިޑް މަރެވެ.

އެންމެ ފަހުން ބަލި ޖެހެގެން މީހަކު މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ދެ މީހަކު މަރުވި އެވެ.