ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ތިންވަނަ ކޮވިޑް މަރެވެ.

އެޗްޕީއޭއިން ބުނީ މިރޭ 10:00 ގައި މަރުވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެއް ކަމަަށެވެ. އެއީ މެޑިކަލް ފެސިލިޓީގައި އޮތް މީހެކެވެ.

މިއީ ރާއްޖޭގެ 196 ވަނަ ކޮވިޑް މަރެވެ. މިއަދުގެ ދެވަނަ މަރެވެ.

ކޮވިޑް ޖެހެގެން މަރުވާ މީހުންގެ ނިސްބަތް މިދިޔަ މަހާ އަޅާ ބަލާއިރު މި މަހު މަދެވެ. ރާއްޖެއިން މިހާތަނަށް 70،000 ވުރެ ގިނަ މީހުންނަށް ވަނީ ބަލިވެފައެވެ.