ހުޅުމާލެ މަސްވެރިންގެ މައިޒާން ހުޅުވައިފި އެވެ. މަސްވެރިންގެ މައިޒާން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތަރައްގީ ކުރި މި މައިޒާން ބިނާ ކުރުމުގެ ބޭނުމަކީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ މީހުންނަށް، ހާއްސަކޮށް މަސްވެރި އުޅަނދު ފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ކަންކަން އެ ތަނުން ހަމަޖައްސައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން ފާހާނަ އާއި އިށީންދެ ތިބެވޭ ސަރަހައްދަކާއި ކާނާއާ އެހެނިހެން ބާވަތްތަކުގެ ސާމާނު ގަނެވޭ ފިހާރައެއް މި މައިދާނުގައި ހިމެނެއެވެ.
ހުޅުމާލެ މަސްވެރިންގެ މައިޒާން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މަސްވެރިންނަށް ފަސޭހަ ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ އަބަދުވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.