ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ޖަޕާނުން ރާއްޖެއަށް އެމްބިއުލާންސް ހަދިޔާކުރަނީ

ޖަޕާން ސަރުކާރުން ރާއްޖެއަށް އަށް އެމްބިއުލާންސް ތަކެއް ހަދިޔާކުރަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސް ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ ޝާހު އަބްދުﷲ މާހިރު އެވެ. ޖަޕާނުގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާގެ އެމާޖެންސީ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުން ހަދިޔާކުރާ އެމްބިއުލާންސްތަކަކީ ޖަޕާނުގެ ގްރާންޓް އެސިސްޓަންޓް ފޯ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓުގެ ދަށުން ދޭ ވެހިކަލްތަކެކެވެ.

އެމްބިއުލާންސްތަކުގެ އަގަކީ 2,453,800 ރުފިޔާ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މިރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ޝާހު ވަނީ ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

ޖަޕާނު ސަރުކާރުން ހަދިޔާ ކުރާ އެންބިއުލާންސްތަކަކީ އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓް ހިމެނޭ އެންބިއުލާންސްތަކެކެވެ.

ޖަޕާނުން ހަދިޔާކުރި މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑަ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެ އެވެ.

ޖަޕާނުން ހަދިޔާކުރާ އެމްބިއުލާންސްތަކަކީ ރާއްޖޭގެ ހަ ރަށަކަށް އަދި މާލެ ސަރަހައްދުގެ އެމާޖެންސީ ހިދުމަތް ހަރުދަނާކުރުމަށް ހަދިޔާކުއެމްބިރާ އުލާންސްތަކެއް ކަމަށެވެ.