ސިއްހަތު

ހޭއިރު ބަނޑަށް ތަދުވުމަކީ މައްސަލައެއްތަ؟

ގަދައަށް ހޭއިރު ނުވަތަ ބާރަށް ދުވުމުން ބަނޑަށް ތަދުވުމަކީ ވަރަށް އާންމު ކަމެކެވެ. މިއީ ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ނަމަވެސް ހޭއިރު ބަނޑަށް ތަދުވަނީ ކީއްވެތޯ ނުވަތަ އެއީ ސިއްހަތަށް ގެއްލުން ހުރި ކަމެއްތޯ ސުވާލުކޮށްލިން ހެއްޔެވެ؟

ހޭއިރު ނުވަތަ ދުވާއިރު ބަނޑަށް ތަދުވުމަކީ ތިމާގެ ސިއްހަތަށް ގެއްލުންހުރި ކަމެއް ނޫނެވެ. އަދި އެއީ ތިމާއަށް ބައްޔެއް ޖެހިފައިވާކަމުގެ އަލާމަތެއް ވެސް ނޫނެވެ. އެއީ ތޮބިއީ ކަމެކެވެ.

ގަދައަށް ހޭނަމަ ނޭވާލެވޭ މިންވަރު އިތުރުވެގެންދެއެވެ. އެހެންކަމުން ފުއްޕާމޭ ފުޅާވެއެެވެ. މިއާއެކު ފުއްޕާމޭގެ ދަށުގައިވާ މަސްކޮޅު ނުވަތަ ޑައިފްރަމް، ތިރިއަށްދެއެވެ. ޑައިފްރަމް ތިރިއަށްދާ ވަގުތު ތިމާގެ ބަނޑުގައިވާ އެޕްސްތައް ވެސް އެކްޓިވޭޓްވެއެވެ. ނުވަތަ ހަރަކާތް ކުރަން ފަށައެވެ. ތަދު އިހުސާސްކުރެވެނީ މި ސަބަބަށްޓަކައެވެ. ޑައިފްރަމް ތިރިއަށް ގެންދިއުމަށް ފުންޕާމޭ މަސައްކަތްކުރާއިރު ޑައިފްރަމް މައްޗަށް ގެންދިއުމަށް އެޕްސްތައް މަސައްކަތް ކުރާތީއެވެ. މިކަން އެއް މިނެޓް ތެރޭގައި ވެސް އެތައް ފަހަރަކު ތަކުރާރުވެއެވެ. ދުވާއިރު ވެސް ވަނީ މިހެންނެވެ.

ނަމަވެސް ހޭއިރު ނުވަތަ ދުވާއިރު ތިމާގެ ބަނޑުގައި ރިއްސުމުގެ އިތުރުން ކަނާއަތު އަތުގައި ރިއްސާނަމަ އެއީ ވަރަށް ސީރިއަަސް މައްސަލައެކެވެ. އެއީ ހާޓްއެޓޭކެއްގެ އަލާމާތެވެ.