މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް ހިދުމަތްތައް ޑިޖިޓަލް ކުރާނެ ބަޔަކު ހޯދަނީ

މާލޭ ސިޓީ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލް ކޮށްދޭނެ ބަޔަކު ހޯދަމް އިއުލާނުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މުޅި މާލޭސިޓީ ކައުންސިލްގެ އިދާރީ ހިންގުން ޑިޖިޓަލައިޒް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ތެރޭގައި ކައުންސިލްގައި ބޭނުންކުރަމުން ގެންގޮސްފައިވާ ހުރިހާ ލިޔެކިޔުންތައް ސްކޭން ކުރުމާއި، ޗެކްކުރުން، އަދި ސާވާގައި ސްޓޯކުރުމާއި ނޯމަލައިޒް ކުރުންވެސް ހިމެނޭ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނުން މައުލޫމާތު ސާފުކުރުމަށްފަހު ބިޑްހުށަހެޅުމަށް އިއުލާނުގައި ވެއެވެ. އެ މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުން އޮންނާނީ މާދަމާ ހެނދުނު 11:00 ޖަހާއިރު ސިޓީ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށާއި ބިޑް ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.