ސްޓެލްކޯ

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަނީ

Feb 8, 2022

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ހަވީރު ކަރަންޓް ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ކަރަންޓް ކަނޑާލަން ނިންމާފައިވަނީ މިއަދު ހަވީރު 4:00 އިން 5:00 އަށެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓް ކަނޑާލަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ހިތްފަސޭހަ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަހައްދުން ކަމަށެވެ.

"މިގަޑިތައް މިހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން" ސްޓެލްކޯ އިން ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުުރުމަށް ސްޓެލްކޯ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ މިސަރަހައްދުގެ ކަރަންޓް، އެއް ވިއުގައަކުން ގުޅާލައި ހިދުމަތް ދޭން ފަށާފަ އެވެ.